ސްކޫލްމަދަރުސާ ތަކުގައި އާރލީ އިންޓަރވެންޝަން ފެށުމުގެ ގޮތުން ޕްރީ ސްކޫލްޓީޗަރުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މިވޯކްޝޮޕްގައި  13 ޕްރީސްކޫލަކުން 25 ޓީޗަރުން ބައިވެރިވެ މިތަމްރީނު ޕްރޮގުރާމް ފުރިހަމަ ކޮށްފައިވެއެވެ.

އާރލީ އިންޓަރވެންޝަން ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމުގެ އިތުރުން، ސްކޫލް މަދަރުސާތަކުގައި އާރލީ އިންޓަރވެންޝަން ހިންގާނެ ގޮތުގެ މަޢުލޫމާތު މިވޯކްޝޮޕްގެ ބައިވެރިންނަށް ވަރަށް ފުރިހަމަޔަށް ފޯރުކޮށްދެވުނެވެ.

2017 ޖުލައި 2 އިން 13 އަށް 10 ދުވަހުގެ މުއްދަތަށް  ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ސެމިނަރ ރޫމުގައި ކުރިޔަށް ގެންދިޔަ ވޯކްޝޮޕް ގައި މަޢުލޫމާތު ދެއްވާފައިވަނީ ރާއްޖޭގައި ތިއްބެވި މިދާއިރާގެ ތަޖުރިބާ ކާރު ބޭފުޅުންނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ފަންނީ ބޭފުޅުންނެވެ.