ސެކްޝަންގެ ތަޢާރަފެއް
މި ސެކްޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މުޖުތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ޢާއްމު ހޭލުންތެރިކަން އިތުރުކޮށް އެކިއެކި މަސައްކަތުގެ ހުނަރުތައް ތަރައްޤީ ކުރުމަށް ޖަމާޢަތަށް އެހީތެރިވެދިނުމާއި ޘާނަވީ ތައުލީމު ފުރިހަމަ ނުކުރާ ފަރާތްތަކަށް އުނގެނުމުގެ ފުރުޞަތުތައް ހޯދައި ދިނުމަށް މަގުފަހިކޮށްދިނުމާއި ބޮޑެތި މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުމެވެ.
ހިންގާ މުހިންމު މަސައްކަތްތައް
- ނުރަސްމީ ތަޢުލީމާ ގުޅޭ ސިޔާސަތު އެކަށައެޅުމާއި އެއާ ގުޅޭ އުޞޫލުތައް އެކުލަވާލައި ބަދަލުވަމުންދާ މާޙައުލާއެއްގޮތަށް ޖަމާޢަތުގެ ތަޢުލީމުގެ ޙަރަކާތްތައް ކައުންސިލްތަކާ ގުޅިގެން ރާވައި ހިންގުން
- ޘާނަވީ ތަޢުލީމު ފުރިހަމަވެފައި ނެތް ފަރާތްތަކަށް އަމާޒުކޮށް ފެންވަރު މަތިކުރުރުމުގެ ކިލާސްތައް ރަށުކައުންސިލްތަކުގެ ލަފާގެ މަތިން ހިންގުން
- އެކިއެކި ހުނަރުތައް ދަސްކުރަން ބޭނުންވާ ޒުވާނުންނަށާއި ބޮޑެތިމީހުންނަށް ޖަމާޢަތުގެ ތަޢުލީމުގެ ތެރެއިން އެހުނަރުތައް ދަސްކުރުމުގެ ފުރުޞަތުތައް ހޯދައިދިނުން
- ކޮންމެ ރަށަކީވެސް 100 އިންސައްތަ ލިޔަންކިޔަން ދަންނަ ރަށަކަށް ހެދުމަށްޓަކައި، ލިޔަންކިޔަން ނޭނގޭ މީހުން ތިބި ކަމަށް ލިސްޓްކުރެވިފައިވާ ރަށްރަށުގައި ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ޙަރަކާތްތައް ރާވައި ހިންގުން
- ސްކޫލުތަކުގެ ޘާނަވީ މަރުޙަލާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހުނަރެއް ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އެފުރުޞަތު ފަހިކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ލިޔެ ޝާއިޢުކުރުން
Recent Comments