އިންކްލޫސިވް އެޑިޔުކޭޝަން ފޮރ ސަސްޓޭބަލް ޑިވޮލޮޕްމެންޓް އިން އެޗީވިންގ އެސް.ޑީ.ޖީ 4 އެންޑް ގްލޯބަލް ޓްރެންޑްސް އިން ގްރީނިންގ އެޑިޔުކޭޝަން ވޯރްކްޝޮޕް ބާއްވައިފި

އިންކްލޫސިވް އެޑިޔުކޭޝަން ފޮރ ސަސްޓޭބަލް ޑިވޮލޮޕްމެންޓް އިން އެޗީވިންގ އެސް.ޑީ.ޖީ 4 އެންޑް ގްލޯބަލް ޓްރެންޑްސް އިން ގްރީނިންގ އެޑިޔުކޭޝަން ވޯރްކްޝޮޕް ބާއްވައިފިއެވެ. މި ވޯޜްކްޝޮޕްގެ މަޤްޞަދަކީ، ސްކޫލު މާޙައުލުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމަޢު ތިމާވެއްޓަށް އަހުލުވެރިކުރުވައި ތިމާވެއްޓާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދީ، ހުނަރާއި ސިފަ އަށަގެންނެވުމާއި، ޤުދުރަތީ އަދި އެހެނިހެން ވަޞީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން މޫސުމީ ފާގަތިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، ކުރިޔަށް ގެންދާ އުނގަންނައި ދިނުމުގެ ޙަރަކާތް ތަކުގެ މަޢުލޫމާތު ޕްރިންސިޕަލުންނާއި ސްކޫލް ތަކުގެ އިސްވެރިންނަށް ފޯރުކޮށްދިނުމެވެ.

ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ އިސްވެރިން ޝާމިލުވާގޮތަށް 44 ބޭފުޅުން ބައިވެރިވި 1 ދުވަހުގެ މި ވޯރކްޝޮޕް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، އިސެސްކޯ  އެޑިޔުކޭޝަން ސެކްޓަރގެ އިސްވެރިޔާ ޑޮކްޓަރ ޚަދީޖާ އާއި އިސެސްކޯ އެޑިޔުކޭޝަން އެކްސްޕަރޓް މިސްޓަރ ވަގާރސް ނާސިރެވެ.

2024 ޑިސެމްބަރު 14ވީ ހޮނިހިރި ދުވަހު ޢިމާދުއްދީން ސްކޫލް ގެ  ޓްރެއިނިންގ ރޫމުގައި ކުރިޔަށް ދިޔަ މި ވޯރްކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙަންމަދެވެ.