ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކުރު ތަޢާރަފެއް

ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުވުމުގެ މަސައްކަތް ތަރައްޤީ ކުރުމަށްޓަކައި 1976 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން “އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް” (އީ.ޕީ.އޯ) ދިވެހި ސަރުކާރުން އުފެއްދިއެވެ. އޮފީހުގެ މައިގަނޑުމަސައްކަތަކީ ޔުނެސްކޯ އާއި ޔޫ.އެން.ޑީ.ޕީ އާއި ޔުނިސެފްގެ އެހީގައި ފެށި، ރާއްޖޭގައި ކިޔަވައިދިނުމަށް ބޭނުންވާ މަންހަޖު ފަރުމާކުރުމާއި، ފޮތްތައް ތައްޔާރުކުމާއި ޗާޕްކުރުމާއި، މުދައްރިސުން ތަމްރީން ކުރުމާއި އަތޮޅުތެރޭގެ ސްކޫލުތައް ޢިމާރާތް ކުރުމާއި، ޢާންމުން ހޭލުންތެރިކުރުވުމަށް ތަޢުލީމީ ރޭޑިޔޯ ޕްރާގްރާމްތައް އުފެއްދުމާއި، ޖަމާޢަތުގެ ތަޢުލީމުގެ ޙަރަކާތްތައް ހިންގުމެވެ.

އީ.ޕީ.އޯ ގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 1979 ވަނަ އަހަރު އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ (އީ.ޑީ.ސީ) އުފައްދައި، އީ.ޕީ.އޯ އުވާލިއެވެ. އަދި ދިވެހިބަހުން މިސެންޓަރަށް ކިޔާނީ “ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު” ކަމުގައި 1981 ވަނަ އަހަރު ހަމަޖެއްސިއެވެ.
އީ.ޑީ.ސީ ގައި ކުރަމުންދިޔަ މަސައްކަތްތަކުގެތެރެއިން މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތާއި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި 1984 ވަނަ އަހަރު “މުދައްރިސުންގެ ތަޢުލީމީ މަރުކަޒު” އުފެއްދިއެވެ. 1998 ވަނަ އަހަރު “މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން” އުފެދި، މުދައްރިސުން ތަމްރީން ކުރުމުގެ މަސައްކަތް “ފެކަލްޓީ އޮފް އެޑިޔުކޭޝަން” އަށް ބަދަލުވިއެވެ. ނަމަވެސް، ކުޑަދުވަސްކޮޅެއްގެތެރޭގައި ޚިދުމަތުގައި ތިބޭ މުދައްރިސުންނަށް ތަމްރީން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބަދަލު ކުރުމަށްފަހު 2003 ވަނަ އަހަރު، އެމަސައްކަތް ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒަށް ބަދަލުކޮށް، “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޔުނިޓް” އެ މަރުކަޒުގައި ޤާއިމުކުރިއެވެ.

ހަމައެހެންމެ، އީ.ޑީ.ސީ ގައި ކުރަމުންދިޔަ ނުރަސްމީ ތަޢުލީމުގެ މަސައްކަތް ފުޅާކުރުމުގެ ބޭނުން ބޮޑުވުމާއެކު އެމަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، 1 ޖެނުއަރީ 1986 ގައި ނުރަސްމީ ތަޢުލީމުދޭ ބައި” އުފެއްދިއެވެ. އަދި 1 އޮކްޓޯބަރ 2002 ގައި، މިއޮފީހުގެ ނަން “ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން” (ސީ.ސީ.އީ) އަށް ބަދަލު ކުރިއެވެ. މިއޮފީހުގެ މަސްއޫލިއްޔަތަކީ ނުރަސްމީ ތަޢުލީމުގެ ޒަރީޢާއިން ޢާންމުންނަށް ތަޢުލީމާއި ހުނަރުވެރިކަން އުނގަންނައިދީ، އިޖުތިމާއީ އަދި އިޤުތިޞާދީ ތަރައްޤީގައި ޢާންމުން ބައިވެރިކުރުމަށް އެހީތެރިވެދިނުމެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅުންހުރި މަސައްކަތް، ސީ.ސީ.އީގައި ފެށުނެވެ. މީގެއިތުރުން އީ.ޑީ.ސީ ގައި ކުރަމުންދިޔަ މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މަސައްކަތްތައްވެސް ސީ.ސީ.އީ އިން ކުރާގޮތަށް 2008 ވަނަ އަހަރުގެ ނޮވެމްބަރ މަހު ސަރުކާރުން ހަމަޖެއްސިއެވެ. މިބަދަލާއެކު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޓީޗަރ ރިސޯސް ސެންޓަރތަކުން ކުރަމުންދިޔަ މަސައްކަތް ވިލަރެސްކޮށް، ބެލެހެއްޓުމަކީވެސް ސީ.ސީ.އީ ގެ ޒިންމާއެއްކަމުގައި ހަމަޖެހުނެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ބަދަލުގައި “ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން” އުފެއްދުމަށް 30 އޮކްޓޯބަރ 2012 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން ނިންމާ، 12 ޑިސެމްބަރ 2012 (12.12.12) ގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ރަސްމީކޮށް ސަރުކާރުން އުފެއްދިއެވެ.

ތަޞައްވުރު

ތަޢުލީމީ ގޮތުން ބާރުވެރި ކުރުވައި، އައު އީޖާދުތަކާއެކު ކުރިއެރުން ހޯދާ އިންސްޓިޓިއުޓަކަށްވުން

އަމާޒު

ދިރާސާ އާއި އައު އީޖާދުތަކާއެކު ދާއިމީ ގޮތެއްގައި އުނގެނުމަށް ފަހި ކޮށްދިނުން

ކަރިކިޔުލަމް ޑިވެލޮޕްމަންޓް ޑިވިޜަން

1. ދިވެހިރާއްޖޭގެ ތަރައްޤީއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ޒަމާނާ އެއްގޮތަށް ޤައުމީ މަންހަޖު އެކަށައެޅުން.
2. ޤައުމީ މަންހަޖާ އެއްގޮތަށް ސްކޫލްތަކުގައި ކިޔަވާދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައިދޭ ފޮތްތައް އެކުލަވައިލުމާއި، ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ އެހީ އުފެއްދުން
3. ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން
4. ޤައުމީ މަންހަޖު ތަންފީޒު ކުރެވޭގޮތް ދިރާސާކުރުމުގައި އެހީތެރިވެދިނުން
5. ސްކޫލް ތަކުގެ ދަރިވަރުންގެ ކިބައިގާ އަށަގަނުވަން ޖެހޭކަމަށް ޤައުމީ މަންހަޖުގައ ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި، ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދޭމެ ފަންނީ ޤާބިލުކަން ސްކޫލްތައިގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
6. ޤައުމީ މަންހަޖުގައ ިހިމެނޭ ވޮކޭޝަނަލް، ޓެކްނިކަލް އެޑިޔުކޭޝަންގެ މުޤައްރަރު އެކުލަވައިލުމާއި، ތަންފީޒު ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސްކޫލްތަކަށް ފޯރުކޮށްދިނުން
7. ޤައުމީ މަންހަޖު ތަންފީޒު ކުރެވޭ މިންވަރު ވަޒަން ކުރުމާއި، ޒަމާނާ އެއްގޮތަށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަންހަޖު ތަންފީޒު ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
8. ޤައުމީ މަންހަޖުން ހާސިލްކުރަންޖެހޭ ޤައުމީ މިންގަނޑުތައް ކަނޑައެޅުން
9. މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ އެކި މާއްދާތައް ކިޔަވައިއިދެވި ދާނެ އައުގޮތްތައް ހޯދައި، އެކަންކަން ތަޖުރިބާކޮށް، ސްކޫލްތަކުގައި އެކަންކަން ތަންފީޒުކުރަން އެހީތެރިވުން

ޓީޗަރ ޑިވެލޮޕްމަންޓް ޑިވިޜަން

1. ދިވެހި ރާއްޖޭގެ ޤައުމީ މަންހަޖު ތަންފީޒު ކުރުމަށް ސްކޫލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
2. ސްކޫލް ތަކުގެ ދަރިވަރުންގެ ކިބައިގާ އަށަގަނުވަން ޖެހޭކަމަށް ޤައުމީ މަންހަޖުގައ ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި، ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ފަންނީ ޤާބިލުކަން ސްކޫލްތައިގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
3. މުދައްރިސުންގެ ކިޔަވައިދިނުން ތާޒާ ކުރުމަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.
4. ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
5. “ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް” ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ތަމްރީނު ސްކޫލްތަކަށް ފޯރުކޮށްދިނުން.
6. ސްކޫލް ތަކުގައި “ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް” ކުރިއަށްދާގޮތް މޮނިޓަރ ކޮށް ބެލެހެއްޓުމާއި އެކު ސްކޫލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
7. މުދައްރިސުންނަށް ފަންނީ ތަމްރީނު ބޭނުންވާ ތަފާތު ދާއިރާތަކަށް ބޭނުންކުރެވޭފަދަ މޮޑިއުލްތަކާއި ތަކެތި ތައްޔާރުކުރުން
8. އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް އޮންލައިންކޮށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް އެނިޒާމު ހިންގައި ބެލެހެއްޓުން.
9. ވަކިވަކި މާއްދާތައް ކިޔަވައިދިނުން ހަރުދަނާ ކުރުމަށްޓަކައި ސަބްޖެކްޓް ޓީޗަރސް ފޯރަމްތައް ވިލަރެސް ކުރުން.
10. ޓީޗަރ ރިސޯސް ސެންޓަރތަކުގެ ޙަރަކާތްތައް ހިނގާނުހިނގާގޮތް ބެލުން.
11. މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ އެކި މާއްދާތައް ކިޔަވައިއިދެވި ދާނެ އައުގޮތްތައް ހޯދައި، އެކަންކަން ތަޖުރިބާކޮށް، ސްކޫލްތަކުގައި އެކަންކަން ތަންފީޒުކުރަން އެހީތެރިވުން.
12. ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސްކޫލް ތަކުގެ ލީޑަރޝިޕާއި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ބޭނުންވާ ޢިލްމީ ކޯސްތަކާއި ފަންނީ ކޯސްތައް ރާވައި ހިންގުން.
13. އުނގެނުމާއި އުނގަންނައި ދިނުމުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ބޭނުން ކުރުމުގެ ޤާބިލުކަން ސްކޫލް ތަކުގައި އުފެއްދުން.
14. ސްކޫލްތަކާ އަލަށް ގުޅޭ ޓީޗަރުން އެސްކޫލެއްގެ މާހައުލަށް އަހުލުވެރި ކުރުމަށާއި، ކިޔަވާ ދިނުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް ހިންގަންޖެހޭ މެންޓަރޝިޕް ޕްރޮގްރާމްގެ ހިންގުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުން.

ރިސަރޗް އިނޮވޭޝަން އެންޑް އެކަޑަމިކް ކޮލިޓީ ޑިވިޜަން

1. ދިވެހި ރާއްޖޭގެ ތަރައްޤީ އަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާ ކުރުން
2. ދިވެހިރާއްޖޭގެ ތަޢުލީމީ ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ލަފާ ދިނުން.
3. ޤައުމީ މަންހަޖުތަންފީޒު ކުރެވެމުންދާގޮތް މޮނިޓަރކުރުމާއި ވަޒަން ކުރުމާއި، ހޯދުންތައް، ކަމާބެހޭ ފަރާތްތަކާއި ޙިއްޞާ ކުރުން.
4. ރާއްޖޭގެ ސްކޫލްތަކުގައި ދިރާސާ ކުރުމުގެ ޘަޤާފަތެއް އުފެއްދުން
5. އެން.އައި.އީ އިން ހިންގާ ތަފާތު ޙަރަކާތް ތަކުގެ ކާމިޔާބު ވަޒަންކުރުމަށް ދިރާސާ ކުރުމާއި އެ ދިރާސާތައް ޝާޢިއު ކުރުން.
6. ތައުލީމީ ދާއިރާއާއި ގުޅުންހުރި ދިރާސާ ކުރުމަށް ބޭނުންކުރާނެ “ރިސާރޗް އިންސްޓޫމަންޓް” ސްޓޭންޑަޑައިޒް ކޮށް ޢާންމު ކުރުން.
7. އެން.އައި.އީ އިން ހަދާ ތަފާތު ދިރާސާތައް ޝާޢިއު ކުރުން
8. މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ އެކި މާއްދާތައް ކިޔަވައިއިދެވި ދާނެ އައުގޮތްތައް ހޯދައި، އެކަންކަން ތަޖުރިބާކޮށް، ސްކޫލްތަކުގައި އެކަންކަން ތަންފީޒުކުރަން އެހީތެރިވުން.
9. ދިވެހިރާއްޖޭގެ ތައުލީމުގެ ޤައުމީ މަންހަޖު ތަންފީޒުކުރުމުގެ ބޭރުން ތަފާތު ފަރާތްތަކުން 18 އަހަރުންދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ތައުލީމީ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ އިޖުތިމާޢީ، ރޫޙާނީ އަދި ޖަޒުބާތީ ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާގޮތަށް ތައްޔާރުކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއްކަން ކަށަވަރު ކުރުން.

ކޮންޓިނިއުއިންގ އެންޑް ކޮމިޔުނިޓީ އެޑިޔުކޭޝަން ޑިވިޜަން

1. ކޮމިއުނިޓީ އެޑިއުކޭޝަނާއި ކޮންޓިނުއިންގ އެޑިއުކޭޝަނުގެ ފުރުސަތުތައް އާންމު ކުރުން
2. މުޖްތަމަޢުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށްގެން ޢާއްމު ހޭލުންތެރިކަމުގެ ޙަރަކާތްތައް ހިންގައި، ބެލެހެއްޓުމާއި އެކިއެކި މަސައްކަތުގެ ހުނަރުތައް ތަރައްޤީ ކުރުމަށް އެހީތެރިވެދިނުން
3. މަދަރުސީ ތަޢުލީމްގެ މަރުހަލާ ފުރިހަމަނުކޮށް ސްކޫލްތަކުން ވަކިވާ ކުދިންނާއި މަދަރުސީ ތަޢުލީމްގެ ނިޡާމުގެ ގްރޭޑް 10 ނިންމުމަށްފަހު މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާތަކަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އުނގެނުމުގެ އިތުރު ފުރުޞަތު ފަހިކޮށްދިނުން
4. ބޮޑެތި މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމާއި، ފަންކްޝަނަލް ލިޓްރަސީގެ ޙަރަކާތްތައް ހިންގުމާއި އަސާސީ ތަޢުލީމުގެ ޙަރަކާތްތައް ރާވައި، ހިންގައި، ބެލެހެއްޓުމާއި ލިޔަންކިޔަން ނުދަންނަ މީހުންގެ ރެކޯޑް ބެލެހެއްޓުން
5. ކުދިން ތަރުބިއްޔަތު ކުރުމާއި، އެކުދިންގެ ކިޔެވުމުގައި ބެލެނިވެރިން އަދާކުރަންޖެހޭ ދައުރާއިބެހޭ ގޮތުން ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުން

އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް ޑިވިޜަން

1. ޤައުމީ މަންހަޖާ އެއްގޮތަށް ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ އެހީ އުފެއްދުން
2. ޤައުމީ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް ތަންފީޒު ކުރުމަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން.
3. ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ދަރިވަރުންގެ ކިބައިގާ އަށަގަނުވަން ޖެހޭކަމަށް ޤައުމީ މަންހަޖުގައ ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި، ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދޭމެ ފަންނީ ޤާބިލުކަން ސްކޫލްތައިގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
4. ފައުންޑޭޝަން ސްޓޭޖުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން
5. ޅަފަތުގެ ތަޢުލީމާއި ތަރުއްބިއްޔަތާއި ތަރައްޤީގެ މަސައްކަތްތައް ރާވައި ހިންގުން

އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް ޑިވިޜަން

1. ޤައުމީ މަންހަޖާ އެއްގޮތަށް ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާދޭނެ މުޤައްރަރު އެކަށައެޅުމާއި، ކިޔަވައި ދިނުމަށް ބޭނުންވާ އެހީ އުފެއްދުން
2. ޤައުމީ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް ތަންފީޒު ކުރުމަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން.
3. ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާ ދަރިވަރުންގެ ކިބައިގާ އަށަގަނުވަން ޖެހޭކަމަށް ޤައުމީ މަންހަޖުގައ ކަނޑައަޅާފައިވާ ތަރުބަވީ ސިފަތަކާއި، ހުނަރުތަކާއި އަޚުލާޤު ދަރިވަރުންނަށް ފޯރުކޮށްދޭމެ ފަންނީ ޤާބިލުކަން ސްކޫލްތައިގައި އުފެއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
4. ފައުންޑޭޝަން ސްޓޭޖުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން
5. ޅަފަތުގެ ތަޢުލީމާއި ތަރުއްބިއްޔަތާއި ތަރައްޤީގެ މަސައްކަތްތައް ރާވައި ހިންގުން