އެން އައި. އީ އާއި ޑީ.ޕީ.އީ ގުޅިގެން ސަބްޖެކްޓް ފޯރަމް ކުރިޔަށް ގެންދިއުމަށް މަޝްވަރާ ކޮށްފި
އެން އައި. އީ އާއި ޑީ.ޕީ.އީ ގުޅިގެން ސަބްޖެކްޓް ފޯރަމް ކުރިޔަށް ގެންދިއުމަށް މަޝްވަރާ ކޮށްފި
ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން އާއި ޑިޕާޓްމެންޓް އޮފް އެގްޒަމިނޭޝަންސް ގުޅިގެން ސަބްޖެކްޓް ފޯރަމް ކުރިޔަށް ގެންދިޔުމަށް މަޝްވަރާ ކޮށްފިއެވެ. އެން. އައި.އީ ސެމިނަރ ރޫމުގައި މިއަދު ކުރިޔަށް ދިޔަ މި މަޝްވަރާގެ މަޤުޞަދަކީ، އެޗް.އެސް.އީ އަދި އެސް.އެސް.އީ އިމްތިހާނަށްފަހު ތައްޔާރު ކުރާ އެގްޒަރމިނާރސް ރިޕޯރޓުން ފާހަގަވި ކަންކަމަށް ރިޢާޔަތްކޮށް މުދައްރިސުންނަށް ކުރިޔަށް ގެންދާ ސަބްޖެކްޓް ފޯރަމް، ދެ މުއައްސަސާ ގުޅިގެން ކުރިޔަށް ގެންދާނެ ގޮތްތައް ރާވައި އިންތިޒާމު ކުރުމެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ޑި.ޕީ.އީ އިން ފާހަގަ ކުރެއްވި ގޮތުގައި، އެ މުއްސަސާގެ އެގްޒަރމިނާރސް ރިޕޯރޓް ސްކޫލްމަދަރުސާ ތަކުގެ ޕީ.ޑީ ސެޝަންގައި މުދައްރިސުންނާ ޙިއްސާކުރުމުން، އިސްލާމް މާއްދާ އާއި ދިވެހި މާއްދާ ކިޔަވައިދެއްވުމުގައި މި ދެމާއްދާގެ މުދައްރިސުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަވިއެވެ. އެހެންކަމުން މި ކަންކަން ޙައްލު ކޮށް ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތުގައި މި ދެމާއްދާ ކިޔަވައިދެއްވުމަށް މަގުފަހިވާނީ، މުދައްރިސުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުމުގެ މަސައްކަތް ދެ މުއައްސަސާ ގުޅިގެން ކުރިޔަށް ދިއުމުންނެވެ.
މިއަދުގެ މަޝްވަރާ ބައްދަލުވުން ނިމިގެންދިޔައީ އެން އައި.އައި.އީ ގެ ފަންނީ ބޭފުޅުން ޑީ.ޕީ.އީ ގެ އެގްޒަރމިނާރސް ރިޕޯރޓު އިތުރަށް ބަލައި ދިރާސާ ކުރުމަށް ފުރުސަތު ދިނުމަށް ފަހު ގައެވެ.