25-27 އޭޕްރީލް 2017، މާލެ، “ޕްރޮމޯޓިން އިންކްލޫސިވިޓީ – ކްރިއޭޓިން އޮޕަޗުނިޓީ ފޯ އޯލް” މި ޝިއާރުގެ ދަށުން ބާއްވާ ކޮންފަރެންސް އޮން އިންކްލޫސިވް އެޑިއުކޭޝަން 27 އޭޕްރީލް 2017 ވާ ބުރާސްފަތި ދުވަހު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ނިންމާލައިފި އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ކޮންމެ ސްކޫލަކުން 1 މީހަކާއި ޓީޗަރ ރިސޯސް ސެންޓަރު (ޓީއާރުސީ)ގެ ކޯޑިނޭޓަރަކާއެކު ޖުމްލަ 243 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މި ކޮންފަރެންސްގެ މަގްސަދަކީ ކޮންމެ ސްކޫލަކުން ކޯޑިނޭޓަރަކު ތަމްރީނުކޮށް، ސްކޫލުގެ އިންކްލޫސިވް އެޑިއުކޭޝަން ޕްރޮގްރާމް ބެލެހެއްޓުމެވެ. މީގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޒަރޫރީ މިންގަނޑުތަކާއި އިޖުރާއަތުތައް އެކުލަވާލުމާ ބެހޭ ގޮތުން ވެސް މި ކޮންފަރެންސްގައި ވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން އިންކްލޫސިވް ވެލިއުސް ޕްރޮމޯޓްކުރުމަށާއި ފަރުދީ ތަފާތުތަކަށް ކެއިންބުއިމުގެ ކަންކަމަށް ވެސް ވަނީ އަހަންމިއްޔަތުކަން ދީފަ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސް ފައްޓަވައިދެއްވީ މިމަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމްއެވެ. އައިޝަތު ޝިހާމާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އެންއައިއީގެ މުވައްޒަފުންނާއި މާލޭގެ ސްކޫލްތަކުގެ އިސްވެރިންނާއި އެންޖީއޯތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.