” އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯރްކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް ” ގެ ނަމުގައި ޚާއްޞަ ވޯރކްޝޮޕެއް ފަށައިފި.

އިސެސްކޯ-މޯލްޑިވްސް ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯރްކްޝޮޕް އޮން ކްލައިމެޓް ސްމާރޓް އެންޑް ގްރީނިންގ އެޑިޔުކޭޝަން އިން މޯލްޑިވިއަން ސްކޫލްސް ” ގެ ނަމުގައި ޚާއްޞަ ވޯރކްޝޮޕެއް ފަށައިފިއެވެ.
މިއަދު މިފެށުނު މި ޚާއްޞަ  ޓީ.އޯ.ޓީ ގެ މަޤުޞަދަކީ، ސްކޫލު މާޙައުލުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމަޢު ތިމާވެއްޓަށް އަހުލުވެރިކުރުވައި ތިމާވެއްޓާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދީ، ހުނަރާއި ސިފަ އަށަގެންނެވުމާއި، ޤުދުރަތީ އަދި އެހެނިހެން ވަޞީލަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، މޫސުމީ ފާގަތިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، ކުރިޔަށް ގެންދާ އުނގަންނައި ދިނުމުގެ ޙަރަކާތަކަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ޓީ.އޯ.ޓީން ޓްރެއިން ކުރުމެވެ.
މާލެޔާއި އަތޮޅުތެރޭގެ ސްކޫލް މަދަރުސާ ތަކާއި އެން.އައި.އީ ޝާމިލުވާގޮތަށް 70 ބޭފުޅުން ބައިވެރިވި މި ޓީ.އޯ.ޓީ ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ،  އިސެސްކޯ  އެޑިޔުކޭޝަން ސެކްޓަރގެ އިސްވެރިޔާ ޑޮކްޓަރ ޚަދީޖާ އާއި އިސެސްކޯ އެޑިޔުކޭޝަން އެކްސްޕަރޓް މިސްޓަރ ވަގާރސް ނާސިރާއި، އެމް.އެން. ޔޫ ގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސް ގެ ޑީން ޑޮކްޓަރ އަޙުމަދު ރިޔާޒު ޖައުހަރީ އާއި، [ސޮނެވާ ނަމޫނާ] އިން ވަޑައިގެންނެވި އަލްފާޟިލާ އަޒުހޫރާ އަޙުމަދާއި، އަލްފާޟިލާ ޚަދީޖާ ޙާމިދުގެ އިތުރުން  އެން.އައި.އީގެ ސީނިއަރ ކަރިކިއުލަމް ޑިވޮލޮޕްމެންޓް އެނަރލިސްޓް ގުލްފިޝާން ޝަފީޢު ޢާއި އާމިނަތު މުޙަންމަދެވެ.
އިސެސްކޯ ގެ ދީލަތި އެހީއާއެކު 2024 ޑިސެމްބަރު 15 އިން 16 އަށް ( 2 ދުވަހުގެ މުއްދަތަށް )  ސީ.އެޗް.އެސް.އީ ( މާލެ) ހޯލުގައި ކުރިޔަށްދާ މި ޚާއްޞަ ޓީ.އޯ.ޓީ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަބްދުއްލަތީފް މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެން،.އައި.އީ ގެ އިސްވެރިން ބައިވެރިވިއެވެ.