ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ނެޝަނަލް ވޯކްޝޮޕް ފޯ އައިސީޓީ އިން އެޑިއުކޭޝަން މާސްޓާ ޕްލޭން ޑިވެލޮޕްމަންޓް މިއަދު ފަށައިފި އެވެ.

އެންއައިއީ ސެމިނާ ރޫމްގައި ބޭއްވި މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އަލްފާޟިލް އަޙްމަދު އަފްޒަލް އިބްރާހީމްއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ 2019 ވަނަ އަހަރުގެ އެޑިއުކޭޝަން ސެކްޓަރ ޕްލޭން (އީ.އެސް.ޕީ)ގެ ޑްރާފްޓް ފަދަ ދާއިރާތަކުގެ ތަޢުލީމީ ޕްލޭންތަކާ ގުޅިފައިވާ ތަޢުލީމީ ދާއިރާގައި އައި.ސީ.ޓީގެ ސިޔާސަތު އެކުލަވާލުމުގެ ޤައުމީ ޤާބިލުކަން އިތުރުކުރުމެވެ. މި ވޯކްޝޮޕަކީ ޔުނެސްކޯ އާއި އެމްއޯއީ ގުޅިގެން ރާއްޖޭގެ ކޮންޓެކްޓްގައި އައިސީޓީ އިން އެޑިއުކޭޝަން މާސްޓާ ޕްލޭނާ ބެހޭ ގޮތުން އެއްގޮތް ވިސްނުމެއް އުފައްދައި، ދެވަނަ މާސްޓާ ޕްލޭންގެ މުހިންމު ޝިއާރުތައް ހިމަނައިގެން ނެރޭޓިވް ޑްރާފްޓް ކުރުމަށް ކުރާ މަސައްކަތެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ އެކި ދާއިރާތަކުން 35 ބައިވެރިންނާއެކު އެންއައިއީ ސެމިނާ ރޫމްގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.