ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފައުންޑޭޝަން ސްޓޭޖުގެ މަންހަޖުގެ މިންގަނޑުތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ވޯކްޝޮޕްތައް ފަށައިފި އެވެ. 20 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މަންހަޖުގެ މިންގަނޑުތަކާއި، ޕެޑަގޮޖީއާއި، އެސެސްމަންޓާއި، ޕޯޓްފޯލިއޯއާއި، ދުވަހުން ދުވަހަށް ޕްލޭން ތައްޔާރުކުރުމެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި މާލެ’ އަދި އަތޮޅު ސްކޫލްތަކުގައި މިހާރު ކުރިއަށްދާ ތަމްރީނުތައް މި ޕްރޮގްރާމްގައި ޖުމްލަ 361 ޕްރީސްކޫލް ޓީޗަރުން ބައިވެރިވެއެވެ. މި ތަމްރީނު ސެޝަންތައް ކުރިއަށްދާނީ 2019 މާރިޗު މަހުގެ 8 އިން 14 ގެ ނިޔަލަށެވެ.